މާލިއްޔަތު ގަވާއިދަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

01 Mar 2018

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ގުޅިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 26 އިން 28 އަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައެވެ. މި ޕްރޮގްރާމްގައި މާލިއްޔަތު ގަވާއިދުގެ ގިނަ ބައިތަކަކާބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރެވުނެވެ. ޖުމްލަ 09 ގަޑިއިރުގެ މި ތަމްރީނު ޕްރޮގްރާމުގައި މާލިއްޔަތު ގަވާއިދުގެ ޕްރޮކިއުމަންޓް ބަޔާބެހޭ ގޮތުން ވަރަށް ތަފްސީލްކޮށް މަޢުލޫމާތު ދެވުނެވެ.

މި ޕްރޮގްރާމްގައި ދައުލަތުގެ 17 އިދާރާތަކުން ޖުމްލަ 43 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގައި އޭސީސީގެ ސެޝަން ހުށަހަޅާދީފައިވަނީ ކޮމިޝަނުގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×