އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް “ނަޒާހަތްތެރި ދަރިވަރުން” ޕްރޮގްރާމެއް ހިންގަނީ

06 Mar 2018

 

ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ސްކޫލްތަކުގެ މަތީ ޘާނަވީ ފެންވަރުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ‘ނަޒާހަތްތެރި ދަރިވަރުން’ ޕްރޮގްރާމް މިމަހުގެ 4 ން 7 ގެ ނިޔަލަށް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ފެށިގެން ކުރިޔަށް އެބަ ގެންދެވެއެވެ. މި ޕްރޮގްރާމްގައި ދަރިވަރުންނަށް ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަނުގެ ޢަމަލުތަކުގެ ނުބައިކަމާއި، އުނގެނުމުގައި ނަޒާހަތްތެރިވުމާއި ބެހޭ ގޮތުން މަޢުލޫމާތު ދެވޭނެއެވެ.

 

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ހޯލުގައި، ޖުމްލަ 263 ދަރިވަރުންނަށް ކުރިޔަށްގެންދާ މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×