ސީއެޗްއެސްސީގެ ދަރިވަރުންނަށް “ނަޒާހަތްތެރި ދަރިވަރުން ޕްރޮގްރާމް ކުރިޔަށްދަނީ

18 Mar 2018

ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ސްކޫލްތަކުގެ މަތީ ޘާނަވީ ފެންވަރުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ‘ނަޒާހަތްތެރި ދަރިވަރުން’ ޕްރޮގްރާމް މާރިޗު 17 އިން ފެށިގެން ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގައި ކުރިޔަށް އެބަގެންދެއެވެ. މި ޕްރޮގްރާމްގައި ދަރިވަރުންނަށް ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަނުގެ ޢަމަލުތަކުގެ ނުބައިކަމާއި، އުނގެނުމުގައި ނަޒާހަތްތެރިވުމާބެހޭ ގޮތުން މަޢުލޫމާތު ދެވޭނެއެވެ.

ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގެ ހޯލުގައި ކުރިޔަށްގެންދާ މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×