އޭސީސީގެ މުވައްޒަފުންނަށް ‘ޓްރެއިނިންގ އޮފް ޓްރެއިނަރޒް’ ޕްރޮގްރާމެއް ހިންގަނީ

18 Mar 2018

ކޮރަޕްޝަން ނައްތާލުމާއި، ކޮރަޕްޝަނުގެ ޢަމަލުތައް ހިންގިޔަ ނުދިނުމަށާއި، އަދި ރައްޔިތުންގެ މެދުގައި ނަޒާހަތްތެރިކަން އިތުރުކުރުމުގެ ގޮތުން އޭސީސީއިން ހިންގާ ތަފާތު ޕްރޮގްރާމްތަކަށް ޓްރެއިނަރުން ތަމްރީނުކުރުމަށް، އޭސީސީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، 14 މާރިޗުގައި ‘ޓްރެއިނިންގ އޮފް ޓްރެއިނަރޒް’ ޕްރޮގްރާމެއް ފަށައިގެން ކުރިޔަށް އެބަދެއެވެ. މި ޕްރޮގްރާމަކީ ކޮރަޕްޝަނާ ދެކޮޅަށް ޢާއްމުން ހޭލުންތެރިކުރުމާއި ދައުލަތުގެ ކަމާބެހޭ ގަވާއިދުތަކަށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން އަހުލުވެރި ކުރުމަށާއި ނަޒާހަތެރިކަން އިތުރުކުރުމަށް އެކި ފަރާތްތަކަށް ހިންގާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޓްރެއިނަރުން އުފެއްދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި ޓްރެއިނަރ އެއްގެ ގޮތުންގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާނޭ ހުނަރުތަކަށް މުވައްޒަފުން އަހުލުވެރި ކުރެވޭނެއެވެ. ކޮމިޝަންގެ 36 މުވައްޒަފަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ސެޝަންތައް ނަންގަވައިދެއްވަނީ ކޮމިޝަން ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×