އޭސީސީގެ ރެކްރޫޓްމަންޓާގުޅޭ އުސޫލަށް ޢަމަލުކުރަން ފަށައި

25 Mar 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ތަފްސީލުތައް ހިމަނައިގެން އެކުލަވާލާފައިވާ ރެކްރޫޓްމަންޓާގުޅޭ އުސޫލަށް، 14 މާރިޗު 2018 ން ފެށިގެން ޢަމަލުކުރަންފަށައިފިއެވެ. މިއުސޫލަކީ މީގެކުރިން ކޮމިޝަންގައި ޢަމަލުކުރަމުންދިޔަ ރެކްރޫޓްމަންޓް ޕޮލިސީ އިސްލާހުކޮށް ރެކްރޫޓުމަންޓާގުޅޭ ހުރިހާ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތްތަކުގެ ފުރިހަމަ ތަފްސީލާއެކު އެކުލަވާލާފައިވާ އުސޫލެކެވެ. މި އުސޫލު މިހާރުވަނީ ކޮމިޝަނުގެ ވެބްސައިޓްގައި ޢާއްމުކޮށް ޝާއިޢުކޮށްފައެވެ.

މިއުސޫލުއެކުލަވާލާ ޢާއްމުކުރުމުގެ މަޤްޞަދަކީ، މިއުސޫލުގެ ތެރެއިން، ކޮމިޝަންގެ ޤާނޫނާއި ގަވާއިދުތަކާއި އަދި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް ކޮމިޝަންގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދީ، އެފަރާތްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމާއެކު، ކޮމިޝަންގެ ވަޒީފާތަކަށް މީހުން ނެގުމުގެ ކަންކަން ދެފުށްފެންނަ، ހާމަކަންބޮޑު، އަދި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކުރެވޭކަން ކަށަވަރުކޮށްދިނުމެވެ. އަދި ކޮމިޝަންގެ ހިންގުމުގެ ނިޒާމުގައި ޢަމަލުކުރެވޭ ގަވާއިދުތަކާއި އުސޫލުތަކަކީ ނަޒާހަތްތެރިކަމަށް މަގުފަހިވާގޮތަށް ބައްޓަން ކުރެވިފައިވާ ގަވާއިދުތަކަކާއި އުސޫލުތަކަކަށް ހެދުމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×