ކޮމިޝަނުގެ “ތަފާސްހިސާބު ފޮތް 2017” އާންމުކޮށްފި

23 Apr 2018

ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި ހާސިލުވެފައިވާ ނަތީޖާތައް އާންމުންނާއި ޙިއްޞާކޮށް ޢިލްމީ ބޭނުންތަކާއި ތާރީޚަށްޓަކައި މި މަޢުލޫމާތު ރައްކާކޮށް ބެލެހެއްޓުމާއި އެކި ދާއިރާތަކުން ސިޔާސަތު ކަނޑައެޅުމުގައި ރާއްޖޭގެ ކޮރަޕްޝަނުގެ ޙާލަތާއި އޭސީސީގެ މަސައްކަތްތައް ވީހާވެސް ބޮޑަކަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކޮމިޝަނުން ނެރޭ ތަފާސްހިސާބު ފޮތުގެ 2017 ވަނަ އަހަރުގެ އަދަދު ނެރެފިއެވެ. މި ފޮތް ނެރެފައިވަނީ، 2017 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން 23 އެޕްރީލް 2017 ވަނަ ދުވަހު ބޭއްވި ޚާއްޞަ ޖަލްސާގައެވެ. ތަފާސްހިސާބު ފޮތުގެ މި އަދަދު ނެރެދެއްވީ ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛު މުޢައްވިޒް ރަޝީދެވެ.

 

ތަފާސްހިސާބު ފޮތުގެ މިފަހަރުގެ އަދަދުގައި 2017  ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކުގެ ތަފްޞީލާއި، ކޮރަޕްޝަންގެ ކުށުގެ ބާވަތްތަކުގެ ތަފާސްހިސާބު އަދި މީގެ އިތުރުން ފާއިތުވެދިޔަ އަހަރުގެ ތަފާސްހިސާބާއި މި އަހަރުގެ ތަފާސްހިސާބު އަޅާކިޔާފައިވާނެއެވެ. މީގެއިތުރުން ތަފާސްހިސާބު އެކުލަވާލުމުގައި 2017 ވަނަ އަހަރުގެ ކޮންމެ ކުއާޓަރ އެއްގެ އަދަދުތައް ވަކިން އެނގޭގޮތަށް ތަފާސްހިސާބުގެ އަދަދުތައް ވަޒަންކޮށް އަޅާ ކިޔާފައިވާނެއެވެ. މި ފޮތް ކޮމިޝަންގެ ވެބްސައިޓްގައި ޝާޢިއުކުރެވިފައި ވާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×