އެމް.އެން.ޔޫ.ގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް ގެ ދަރިވަރުންނަށް އެޓޭޗްމަންޓް ޕްރޮގްރާމެއް ފަށައިފި

30 Apr 2018

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް ގެ ދަރިވަރުންނަށް އެންޓި-ކޮރަޕްޝަން ކޮމިޝަން  (އޭސީސީ) ގެ ފަރާތުން އެޓޭޗްމަންޓް ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމުގައި ޖުމްލަ 26 ދަރިވަރުން ބައިވެރި ވެފައިވެއެވެ. ޖުމްލަ 10 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި މިހާރު ކުރިޔަށް ދަނީ ދަރިވަރުން ތަމްރީނު ކުރުމަށް ހިންގޭ ވަރކްޝޮޕެކެވެ. ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ކްލާސްރޫމެއްގައި 3 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ވަރކްޝޮޕަށްފަހު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ކުރިޔަށް ގެންދާ 7 ދުވަހުގެ ޢަމަލީ ތަޖްރިބާގެ ބައިގައި އެ ދަރިވަރުން ބައިވެރިވާނެއެވެ.

މި ޕްރޮގްރާމުގެ ހުރިހާ ސެޝަންތަކެއްވެސް ނަންގަވައިދެއްވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×