އެމް.އެން.ޔޫ ގެ ދަރިވަރުންނަށް ބޭއްވި އެޓޭޗްމަންޓް ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ނިމުން ފާހަގަ ކޮށްފި

13 May 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް ގެ ދަރިވަރުންނަށް ބޭއްވި 10 ދުވަހުގެ އެޓޭޗްމަންޓް ޕްރޮގްރާމުގެ ފުރަތަމަ ބުރު ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު ބޭއްވީ އޭސީސީގައި (08 މެއި 2018) ގައެވެ. ޕްރޮގްރާމު ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމު ފުރިހަމަކުރި ފުރަތަމަ 10 ދަރިވަރުންނަށް ސެޓްފިކެޓުތައް ބައްސަވައި ދެއްވީ ކޮމިޝަންގެ ނާއިބު ރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދު އެވެ.

މި ޓްރޭނިންގ ޕްރޮގްރާމުގައި ކޮމިޝަނުން ހިންގާ ތަޙްޤީޤު ކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުންނާއި ހޭލުންތެރި ކުރުމުގެ ޙަރަކާތްތަކާ ބެހޭގޮތުންނާއި ކޮމިޝަންގެ އިދާރީ އޮނިގަނޑު ރޭވިފައިވާ ގޮތާ ބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×