ގއ.ދާންދޫ ސްކޫލުގެ ބެލެނިވެރިންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

13 May 2018

ކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ‘ކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގައި ބެލެނިވެރިންގެ ދައުރު’ ޕްރޮގްރާމު ގއ.ދާންދޫ ސްކޫލުގައި 7 މޭ 2018 ވީ ހޯމަ ދުވަހުގެ ރޭ ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ނުބައިކަމާއި، ދަރިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރު ކުރުމުގައި ބެލެނިވެރިންގެ ދައުރު އަދާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ.

ގއ.ދާންދޫ ސްކޫލުގެ ޖުމްލަ 26 ބެލެނިވެރިން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި، ކައުންސިލްތަކާއި، ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުސަތުގައި ގއ.ދާންދޫ ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީ އިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×