އޭސީސީއިން މި އަހަރުގެ ފުރަތަމަ ކުއާޓަރގައި 288 މައްސަލަ ނިންމައިފި

13 May 2018

2018ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ 288 މައްސަލަ ބަލައިނިންމާފައެވެ.

2017ވަނަ އަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތަފާސްހިސާބަށް ބަލާއިރު، 2017ވަނަ އަހަރުގެ އެމުއްދަތުގެތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވަނީ ޖުމްލަ 299 މައްސަލައެވެ.

މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން، ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވުމަށް 3 މައްސަލައެއް ނިންމާފައިވާއިރު، 2017 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައިވެސް ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 3 މައްސަލައެވެ.

މީގެއިތުރުން، މި އަހަރުގެ ފުރަތަމަ 03 މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 288 މައްސަލައިގެތެރެއިން، ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ ޖުމްލަ 285 މައްސަލައެވެ. 2017 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 296 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެތެރެއިން ބައެއް މައްސަލަތަކާގުޅިގެން ދައުލަތުގެ އެކި އިދާރާތަކުގައިހުރި އެކިކަންކަން އިޞްލާޙް ކުރުމަށް ޖުމްލަ 93 އިދާރާއަކަށް، 211 އެންގުން ކޮމިޝަނުން އަންގާފައިވާއިރު، 2017 ވަނަ އަހަރުގެ މި މުއްދަތުގެތެރޭގައި ނިންމާފައިވާ މައްސަލަތަކާ ގުޅިގެން އެކި ކަންތައްތައް އިޞްލާޙް ކުރުމަށް ދައުލަތުގެ އެކި އިދާރާތަކަށް ޖުމްލަ 138 އެންގުމެއް ވަނީ އަންގާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×