މި އަހަރުވެސް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް

14 May 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 2018 ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި  އޭސީސީ އިން ނިންމި މައްސަލަތަކުގެ ތެރެއިން ފާއިތުވެ ދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ މައްސަލަތަކެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 159 މައްސަލައެއް ވަނީ ބަލާ ނިންމާފައިވެއެވެ. 2017 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 185 މައްސަލައެއް ބަލާ ނިންމާފައިވެއެވެ.

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ  ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތުކުރެވޭ މައްސަލަތަކެވެ. އެގޮތުން، ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތުކުރެވޭ 65 މައްސަލައެއް ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ޤަވާޢިދާ ޚިލާފުވުމުގެ 42 މައްސަލައެއް ނިންމާފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ޤަވާޢިދާ ޚިލާފުވުމުގެ މައްސަލަތަކެވެ. މީގެއިތުރުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ތުހުމަތުކުރެވޭ 17 މައްސަލައަކާއި، ދޮގު މައުލޫމާތު ދިނުމުގެ  ތުހުމަތުކުރެވޭ 03 މައްސަލައަކާއި، ރިޝްވަތުގެ ތުހުމަތުކުރެވޭ 02 މައްސަލައަކާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލު ވުމުގެ ތުހުމަތުކުރެވޭ 02 މައްސަލައަކާއި އަދި ހެކިފޮރުވުމުގެ ތުހުމަތުކުރެވޭ 01 މައްސަލަ ވެސް މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުންވަނީ ބަލާ ނިންމާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×