ފައިނޭންޝިއަލް އިންވެސްޓިގޭޝަން ޓްރެއިނިންގ ޕްރޮގްރާމެއްގައި އޭސީސީއިން ބައިވެރިވެއްޖެ

14 May 2018

ޔޫއެންއޯޑީ އާއި ސިންގަޕޯރ ކޯޕަރޭޝަން ޕްރޮގްރާމާ ގުޅިގެން މި މޭމަހުގެ 14 އިން 17 އަށް ސިންގަޕޫރުގައި ކުރިއަށްދާ “ކޮންބެޓިންގ ކޮރަޕްޝަން – ފައިނޭންޝިއަލް އިންވެސްޓިގޭޝަންސް ޓެކްނިކްސް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން މެކޭނިޒަމްސް” ޓްރެއިނިންގ ޕްރޮގްރާމްގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ބައިވެރި ވެއްޖެއެވެ. މި ޓްރޭނިންގ ޕްރޮގްރާމުގައި އޭސީސީގެ ފަރާތުން ބައިވެރިވެފައިވަނީ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރުން ކަމުގައިވާ މާޖިދު ޙަސަން އާއި ޢާރިފް ރަޝީދު އެވެ.

މި ޓްރެއިނިންގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަހުޤީޤު ކުރާ ފަރާތްތަކަށް ފައިނޭންޝިއަލް އިންވެސްޓިގޭޝަންސް އަދި ފޮރެންސިކް އެކައުންޓިންގ ޓެކްނިކްސްތަކާއި ކޮރަޕްޝަންގެ ޢަމަލުތައް އިންވެސްޓިގޭޓް ކުރުމުގައި ބޭނުން ކުރާނެ ގޮތްތައް ދަސްކޮށްދީ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ހަރުދަނާކޮށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް، މި ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާ ކުރުން ހިމެނެއެވެ. މިއީ ސިންގަޕޯރ ކޯޕަރޭޝަންގެ ޕްރޮގްރާމްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×