ކ.ހިންމަފުށީ ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމާއިބެހޭ ގޮތުން އޭސީސީން މަޢުލޫމާތު ދީފި

27 Jun 2018

ކ.ހިންމަފުށީ ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމުގެ ސިފަތަކާބެހޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން މަޢުލޫމާތު ދީފިއެވެ. މި އެސެމްބްލީގައި ސްކޫލްގެ 49 ދަރިވަރުންނާއި، ސްކޫލްގެ ނާޒިރާއި، ލީޑިންގ ޓީޗަރުންނާއި، ސްކޫލުގެ އެޑްމިނިސްޓްރޭޓަރ، މުދައްރިސުން އަދި އެހެނިހެން މުވައްޒަފުން ބައިވެރިވިއެވެ.

މި ޙަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ 25 ޖޫން ވީ ހޯމަ ދުވަހުގެ ހެނދުނު ސްކޫލްގެ ގޯތިތެރޭގައެވެ.

ނަޒާހަތްތެރިކަމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކުރިޔަށްގެންދެވުނު މި ޙަރަކާތުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، ކޮންމެ ކުއްޖަކީ ނަޒާހަތްތެރި ކުއްޖަކަށްވުން މުހިއްމުވަނީ ކީއްވެގެންކަމާއި، އުނގެނުމުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، އެކަމުގެ މުހިއްމުކަމާއި، އަދި ދަރިވަރުންގެ އުމުރުފުރާ އާއި ގުޅޭ މިސާލުތައް ހިމަނައިގެން ނަޒާހަތްތެރިވުމަށް އާންމު ދިރިއުޅުމުގައި ވިސްނަންވީ ކަންތައްތަކާއި، ކުރެވިދާނޭ ކަންތައްތަކަށް އަލިއަޅުވާލެވުނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ކައުންސިލްތަކާއި ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުޞަތުގައި ކ.ހިންމަފުށީ ސްކޫލުގެ އިސްނެގުމުގެ މަތިން އޭސީސީން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×