އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ކޮރަޕްޝަނާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުމަށާއި ފަރުދުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށްޓަކައި އެކި މަޢުޟޫޢުތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ‘ބިތުފަންގި’ ރޭޑިއޯ ޕްރޮގްރާމުގެ 05 ވަނަ ސިލްސިލާ ވީ.އެފް.އެމް. އާއެކު ކުރިއަށް ގެންދިއުމަށް ފަށައިފިއެވެ. ޖުމްލަ 13 ޕްރޮގްރާމް ފޮނުވާގޮތަށް ހަމަޖެހިފައިވާ މި ސިލްސިލާގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހެއްގެ ރޭ 10:00 ން 11:00 އަށެވެ. އަދި މި ޕްރޮގްރާމުގެ ރިޕީޓް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 09:00 އިން 10:00 އަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އޭސީސީގެ ބިތުފަންގި ރޭޑިއޯ ޕްރޮގްރާމް ވީ.އެފް.އެމް.އިން ފަށައިފި
08 Jul 2018